Thursday, October 22
ހުޅުމާލެ ފޭސް 2 ގެ ގޮނޑުދޮށުގައި މަސްބާނާ ޕްލެޓްފޯމެއް ހަދަން އާންމުންގެ ހިޔާލު ހޯދަނީ
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބީޗް ބްލެވާޑް ސަރަހައްދުގައި ގޮނޑުދޮށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މަސްބާނާ ޕްލެޓްފޯމެއް ހެދުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ސާވޭއެއް އެންވަޔަރުމެންޓް ރެގިއުލޭޓަރީ އޮތޯރިޓީ އިން ވަނީ ހުޅުވާލައިފައެވެ. އީއައިއޭ ގަވާއިދުގެ ދަށުން ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ތައްޔާރު ކުރުމުގެ ތެރެއިން ކުރިއަށްގެންދާ މި ސާވޭގެ މައިގަނޑު ބޭނުމަކީ، އެ ސަރަހައްދުގައި މޫދަށް އެރޭ މީހުންނާއި މަސްބާނާ ފަރާތްތަކުން މިހާރު ގޮނޑުދޮށް ބޭނުންކުރާ ގޮތާއި އެތަނުގެ ހާލަތާމެދު ހުރި ކަންބޮޑުވުންތައް ދެނެގަތުމެވެ. އަދި ހުށަހަޅާފައިވާ އާޓިފިޝަލް ސްވިމިން ޕްލޭނާއި މަސްބާނާ ޕްލެޓްފޯމާ މެދު އާންމުން ދެކޭގޮތާއި ފާޑުކިޔުންތައް ހިއްސާކުރުމުގެ ފުރުސަތު ސާވޭ މެދުވެރިކޮށް ވަނީ ހުޅުވާލެވިފައެވެ.

މި ސާވޭގައި ރަނގަޅު ނުވަތަ ނުބައި ޖަވާބެއް ނޯންނާނެ ކަމަށާއި، ބޭނުންނަމަ ވަކިވަކި ސުވާލުތަކަށް ޖަވާބު ނުދީ ދޫކޮށްލުމުގެ އިހުތިޔާރުވެސް ބައިވެރިންނަށް އޮންނާނެ ކަމަށް އެންއާރުއޭ އިން ބުނެއެވެ. އަދި އަމިއްލަ މައުލޫމާތު ނަގަނީ ހަމައެކަނި ޖަވާބުތައް ކަށަވަރު ކުރުމަށް ކަމަށްވާތީ، ތައްޔާރުކުރާ ރިޕޯޓުގައި އެއްވެސް މީހެއްގެ ނަމާއި ގުޅޭނެ މައުލޫމާތެއް ނުހިމަނާނެއެވެ. މީގެއިތުރުން މަޝްރޫއުގެ މަސައްކަތް ކުރިއަށްދާއިރު މޫސުމަށާއި އެކި ހާލަތްތަކަށް ރިއާޔަތްކޮށް ޕްލޭނަށް ބަދަލުތައް އައުންވެސް އެކަށީގެންވާ ކަމަށް އެންއާރުއޭ އިން ވަނީ ފާހަގަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު