ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަންނަ މަހު ތާރުއަޅަން ފަށާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ހަދަމުންދަނީ 4 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ.
We have reached a significant milestone on the Malé North Side Boduthakurufaanu Magu Road Project (Phase 1), with all sewer lines, water pipe connections, stormwater catchpits, and cable junction installations completed, marking 100% completion of these critical utility works.… pic.twitter.com/rZrMfPpt1k
— MTCC Plc (@MTCCPlc) June 24, 2026
މިއަހަރުގެ މާރޗް މަހު އަމަލީ މަސައްކަތް ފެށި މި ސަރަޙައްދުގެ ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް (ނަރުދަމާ ލައިންތަކާއި ފެން ހޮޅި ގުޅުން ފަދަ) މިހާރު ވަނީ ސައްތަ އިން ސައްތަ ނިމިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ސެގްމެންޓް 4 އަދި 5 ގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ސެގްމެންޓް 2 އާއި 3 ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން މަސައްކަތް ނިމިފައިވާ ބައިތަކުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ތާރުއަޅަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ތާރުއަޅާ މުއްދަތުގައި، ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން ކާނިވާގެ ޕާކިން ޒޯނަށް ވަންނަ ދޮރާ ހަމައަށް އޮންނަ މަގުގެ ބައި ދަތުރުފަތުރަށް ބަންދުވާނެ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެ




