Saturday, November 14
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތިުގެ ތެރެއިން--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި އަންނަ މަހު ތާރުއަޅަން ފަށާނެ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިހާރު ހަދަމުންދަނީ 4 ސެގްމެންޓެއްގެ މަސައްކަތެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދެވެ. މިއަހަރުގެ މާރޗް މަހު އަމަލީ މަސައްކަތް ފެށި މި ސަރަޙައްދުގެ ޔުޓިލިޓީ ހުރިހާ މަސައްކަތްތަކެއް (ނަރުދަމާ ލައިންތަކާއި ފެން ހޮޅި ގުޅުން ފަދަ) މިހާރު ވަނީ ސައްތަ އިން ސައްތަ ނިމިފައެވެ. އެމްޓީސީސީން ބުނި ގޮތުގައި، ސެގްމެންޓް 4 އަދި 5 ގެ މަސައްކަތް މުޅިން ނިމިފައިވާއިރު، ސެގްމެންޓް 2 އާއި 3 ގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން މަސައްކަތް ނިމިފައިވާ ބައިތަކުގައި އަންނަ މަހުގެ 1 ވަނަ ދުވަހު ތާރުއަޅަން ފެށުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ދަނީ ވަމުންނެވެ. އަދި ތާރުއަޅާ މުއްދަތުގައި، ހެންވޭރު ފެރީ ޓާމިނަލްއިން ފެށިގެން ކާނިވާގެ ޕާކިން ޒޯނަށް ވަންނަ ދޮރާ ހަމައަށް އޮންނަ މަގުގެ ބައި ދަތުރުފަތުރަށް ބަންދުވާނެ ކަމަށްވެސް އެމްޓީސީސީން މަޢުލޫމާތުދެއެ

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު