ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިންގި މާރާމާރީއެއްގައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ފަރުކޮޅުފުށީ ހިއްކި ބިމުގައި މާރާމާރީއެއް ހިންގާކަމަށް ޖޫން 21 ވަނަ ދުވަހުގެ 18:37 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މާރާމާރީގައި އަނިޔާވެފައިވަނީ 21 އަހަރުގެ ފިރިހެނަކަށާއި 34 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.
މި ދެ މީހުންވެސް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފައެވެ.
އަދި މީގެ ތެރެއިން 21 އަހަރުގެ މީހާ ވަނީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.




