ހުޅުމާލޭ ފިހާރައަކަށް ވަޅިއެއް ހިފައިގެން ވަދެ މާރާމާރީއެއް ހިންގި މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2 ގެ ފިހާރައަކަށް ތޫނު ހަތިޔާރު ހިފައިގެން މީހަކު ވަދެ މާރާމާރީ ހިންގާ މައްސަލަ މިއަދު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ވަނަވަރު އަދި އިތުރު އެހެން ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.




