ކްރޮއޭޝިއާގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ މިނިސްޓަރ އޮފް ފޮރިން އެންޑް ޔޫރަޕިއަން އެފެއާޒް، ހިޒް އެކްސަލަންސީ ގޯޑަން ގްރިލިޗް ރަޑްމަން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ވަނީ ދިވެހި ސަރުކާރާާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެކަމަނާގެ އަމިއްލަ ނަމުގައި މަނިކުފާނާއި ކްރޮއޭޝިއާގެ ސަރުކާާރަށާއި ރައްޔިތުންނަށް ކްރޮއޭޝިއާގެ ސްޓޭޓްހުޑް ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ އަރިސްކުރައްވައިފައެވެ.
އަދި ދިވެހިރާއްޖެ އާއި ކްރޮއޭޝިއާ އާ ދެމެދު އޮންނަ ގުުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަޤީންކަންވެސް އެކަމަނާ ވަނީ އަރުވައިފައެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުޞަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.




