އަންނަ ޖޫން މަހުން ފެށިގެން ދަމަނަވެށިން ފޯރުކޮށްދޭ ޚިދުމަތް މާފަންނުގައި ހުންނަ ޖީޕީ ކްލިނިކް އިމާރާތަށް ބަދަލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ ދިވެހިންގެ އާއްމު ޞިްޙަތު ރައްކާތެރިކުރުމަށް ސަރުކާރުން ގެްނގުޅުއްވާ ސިޔާސަތުގެ ދަށުން، މާލޭ ސަރަހައްދުގައި ޖީޕީ އަދި އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުތައް ޤާއިމްކުރުމަށްޓަކައި ކުރީގެ ތެލެސީމިއާ ސެންޓަރާއި މިހާރު ދަމަނަވެށީގެ ގޮތުގައި ބޭނުންކުރާ އިމާރާތް މަރާމާތުކޮށް އަރބަން ޕްރައިމަރީ ސެންޓަރެއް ތަރައްޤީކުރުމަށް ނިންމާފައިވާތީ މިހާރު ދަމަނަވެށިން ދޭ ޚިދުމަތް ދޭނީ މާފަންނު ޖީޕީ ކްލިނިކާއި، ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކްލިނިކުން ކަމަށް މިނިސްޓްރީން ވަނީ އާއްމުކޮށް އަންގާފައެވެ.
ދަމަނަވެއްޓަކީ ކުދިންގެ ބަރުދަން ބެލުމާއި ވެކްސިން ޖެހުން ފަދަ ކަންކަމަށް ގިނަ އަދަދެއްގެ ބަޔަކު ޚިދުމަތް ހޯދާ ތަނެކެވެ.
ތެލެސީމިއާ ސެންޓަރު ކުރިން ހިންގި އިމާރާތް މިހާރު ވަނީ ތަޅާލަން ފަށާފައެވެ.




