400 އަށް ވުރެން ގިނަ ފަތުރުވެރިންނާއެކު މިއަދު ރާއްޖެއަށް ކުރޫޒު ލައިނާއެއް އަތުވެއްޖެއެވެ.
"އެމްއެސް ސެވަން ސީސް ނެވިގޭޓަ" ކިޔާ މި ކުރޫޒު ލައިނާ ރާއްޖެ އައިސްފައި ވަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯއިން ފުރައިގެންނެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ކަސްޓަމްސް ގުޅިގެން މި ބޯޓަށް ބޭނުންވާ ކްލިއަރެންސްގެ ކަންކަން ހެނދުނު ވަނީ ފުރިހަމަކޮށްފައެވެ.
This morning, inward clearance was granted to MS Seven Seas Navigator, a passenger vessel that arrived in Malé, Maldives from Colombo, Sri Lanka 🇱🇰 , with 419 passengers and 371 crew members on board. pic.twitter.com/zbT7T3d0Gn
— Maldives Customs Service (@CustomsMv) May 15, 2026
މިއަދު މާލޭގެ ބަނދަރަށް ބަނދަރުކުރި މި ކްރޫޒް ލައިނާއަކީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ އެންމެ މަތީ ފަންތީގެ ފަތުރުވެރި އުޅަނދުތަކުގެ ތެރޭގައި ހިމެނޭ ބޯޓެކެވެ. މި ދަތުރުގައި ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް، ވަކިން ހާއްސަކޮށް ކްރޫޒް ޓޫރިޒަމްގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ.
ރީޖެންޓް ސެވަން ސީސް ކްރޫޒަސްގެ ފަރާތުން އޮޕަރޭޓުކުރާ މި އުޅަނދު ރާއްޖެއަށް އައިސްފައިވަނީ 419 ފަސިންޖަރުންނާއި 371 ފަޅުވެރިންނާއެކުގައެވެ. ގާތްގަނޑަކަށް 172 މީޓަރުގެ ދިގުމިން ހުންނަ، އަދި 28,000 ޓަނުގެ ބަރުދަން ހުންނަ މި ބޯޓަކީ ފަސިންޖަރުންނަށް ބޭނުންވާނެ އެންމެ މަތީ ފެންވަރުގެ ހިދުމަތްތަކާއި ވަސީލަތްތައް ހިމެނޭހެން ފަރުމާކޮށްފައިވާ އުޅަނދެކެވެ. ޖުމްލަ 490 މީހުންގެ ޖާގަ ހިމެނޭ މި ބޯޓުން މިފަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރޭގައި އެންމެ ގިނައީ ވިލާތުގެ ގައުމުތަކަށް ނިސްބަތްވާ ފަރާތްތަކެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ މަދު ނޫން އަދަދެއްގެ ކްރޫޒް ލައިނާތައް ޒިޔާރަތްކޮށްފައެވެ. މި އުޅަނދުތަކުން މާލެއަށް ފޭބި ގިނަ އަދަދެއްގެ ފަތުރުވެރިންގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓަށް ވަނީ އިތުރު ފުރިހަމަކަމެއް ލިބިފައެވެ.




