ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ހަރުދަނާ ބަދަހި ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ޢާއިލާއިން އުފައްދައިދޭ ލޭގެ މަތިވެރި ގުޅުމަކީ ދުވަހަކުވެސް ކެނޑިގެންދާނެ ގުޅުމެއް ނޫންކަމަށާއި ޤައުމެއްގެ އިޖްތިމާޢީ ފޭރާން ރަނގަޅުކުރުން ފަށަން ޖެހެނީ ހަރުދަނާ ބަދަހި ޢާއިލާތަކެއް ބިނާކުރުމާ ހަމައިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިޔާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ މި ޕޯސްޓުގައި، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އަމުރުކުރައްވާފައިވުމަކީ، އިސްލާމްދީނުގައި ޢާއިލާއަށް ދީފައިވާ މަތިވެރި ޤަދަރާއި އަހުމިއްޔަތު ހާމަވާ ކަމެއްކަމަށް ވިދާޅުވިއެވެ.
ޢާއިލާއެއްގެ ފެށުމަކީ މައިންބަފައިންކަމަށް ވާއިރު، ﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަށްފަހު މުސްލިމަކު ދެން އެންމެ ބޮޑު އިސްކަމެއްދޭން އަމުރުވެވިގެންވާ އެއްކަމަކީ މަންމައާއި ބައްޕައަށް ހެޔޮކޮށްހިތުމާއި ކިޔަމަންގަތުން. މާތްވެގެންވާ އިސްލާމްދީން ޢާއިލާއަށްދޭ ޤަދަރާއި… pic.twitter.com/7nkjwPEbSa
— Dr Mohamed Muizzu (@MMuizzu) May 15, 2026
އެމަނިކުފާނުގެ ޕޯސްޓްގައި ދިވެހި ކޮންމެ ރައްޔިތަކަށްމެ ޢާއިލީ ލޯތްބާއި އަޅަައިލުމާއެކު ބާއްޖަވެރި ޙަޔާތަކަށް އެދި ދުޢާކުރަމުން މި އުފާވެރި ދުވަހުގެ ތަހުނިޔާ ފޮނުއްވިއެވެ.
ބައިނަލްއަޤުވާމީ ބައިނަލްއަޤުވާމީ ޢާއިލާތަކުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު މީސްމީޑިއާގައި އާންމުކުރެއްވި މެސެޖްގައި ހަރުދަނާ މުޖުތަމައުތަކެއް ބިނާކުރުމަށާއި އުޖާލާ މުސްތަޤްބަލެއް ކަށަވަރުކުރުމަށް އާއިލާތަކުން ފޯރުކޮށްދޭ ލޯތްބާއި، އޯގާތެރިކަމާއި، އެހީތެރިކަމުގެ އަގު ވަޒަންކުރެއްވިއެވެ.
އާއިލާތަކަށް ކުރިމަތިވަމުންދާ އިޖުތިމާޢީ އަދި އިޤްތިސާދީ ގޮންޖެހުންތަކާއެކު، މައިންބަފައިންނާއި ދަރިންގެ އިތުރުން ޢާއިލީ ޒިންމާތައް އުފުލާ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި، އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް މިހާރަށްވުރެ ބޮޑަށް ހަރުދަނާކުރުމުގެ މުހިންމުކަން އެކަމަނާގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
On this International Day of Families, we celebrate the love, care, and support that families provide in shaping stronger communities and a brighter future.
As families continue to face new social and economic challenges, it is important that we strengthen support systems that… pic.twitter.com/uEJJF1aKzF
— First Lady Sajidha Mohamed (@sajidhaamohamed) May 15, 2026
ޢާއިލާތަކުގެ ފުރިހަމަ ކުރިއެރުމާއި ލާބައަށްޓަކައި ކުރެވޭ މަސައްކަތްތަކަކީ، އުޖާލާ އަދި ފާގަތި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދިވެހި ޤައުމުގެ ބިންގާ ވަރުގަދަކުރުމަށް ކުރެވޭ ނުހަނު މުހިންމު އިންވެސްޓްމަންޓެއް ކަމަށް އެކަމަނާ ވިދާޅުވިއެވެ.




