އެނގިހުރެ މީހަކު މަރައިލުމުގެ މައްސަލައެއްގައި ދައުވާ އުފުލި މީހެއްގެ މައްޗަށް ކުށް ސާބިތުވެ 25 އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކޮށްފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (48އ) ގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ހުށަހެޅުމާއެކު މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށާއި، ތަހުގީގު ނިންމުމަށްފަހު ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން، އެ އޮފީހުން ކޯޓަށް މައްސަލަ ހުށަހަޅައި ދައުވާ އުފުލާފައިވާ ކަމަށެވެ.
މިގޮތުން މި މައްސަލައިގައި ހުށަހެޅުނު ހެކިތަކަށާއި ގާނޫނީ ބަހުސްތަކަށް ބެލުމަށްފަހު، 2026 އެޕްރީލް 22 ވަނަ ދުވަހު މުޙައްމަދު ނިޡާމްގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނިޡާމް 25 އަހަރަށް ޖަލަށްލުމަށް ކަނޑައަޅައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާގެ ދަށުން މުޙައްމަދު ނިޡާމް، މި ދައުވާއާ ގުޅިގެން 3 ޖަނަވަރީ 2023 އިން ފެށިގެން 1 މާރިޗު 2026 އަށް، ޖުމުލަ 1154 ދުވަސް ބަންދުގައި ހުރުމުން އެ ދުވަސްތައް ހުކުމުގެ މުއްދަތުން އުނިކޮށް، މުޙައްމަދު ނިޡާމް ތަންފީޒުކުރަންޖެހޭ މުއްދަތަކީ 21 އަހަރާއި 10 މަހާއި 1 ދުވަހުގެ ޖަލު އަދަބުކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






