ސްކޭމް މައްސަލައެއްގެ ތަޙުޤީޤަށް ދެ މީހަކު ހޯދަން އިޢުލާންކޮށްފިއެވެ.
މިގޮތުން ފުލުހުންގެ ތަޙުޤީޤަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ދާގަނޑުކެކުރިގެ / ސ.ހިތަދޫ، ޝާފިޢު ޝިހާބު (33އ) އާއި އައްސިދަ / ގދ.ގައްދޫ، މުހައިމިނު ޝަރީފު (36އ) އެވެ.
ފުލުހުން ވަނީ އެންޓި ސްކޭމް ސެންޓަރުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން މި ދެ މީހުން ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނުކޮށްފައެވެ.
ފުލުހަށް މި ދެ މީހުންވެސް ހާޒިރުކުރަނީ މި މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށެވެ.
މިގޮތުން ފުލުހުން ވަނީ ޝާފިޢު ޝިހާބު 2026 އޭޕްރީލް 12 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އަދި މުހައިމިނު ޝަރީފު ހަމަ އެ ދުވަހުގެ 11:00 އަށް ސާޖަންޓް އާދަމް ޙަލީމް ކުރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ އަށް ހާޒިރުވުމަށް އަންގައިފައެވެ.






