އުމުރުން އެންމެ 6 އަހަރުގެ ކުޑަކުއްޖަކު މަރުވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ތަހުގީގު ކުރަން ފަށައިފިއެވެ.
'ސްޕެސްޓިކް ކްވޮޑްރުޕްލީޖިކް ސެރަބަލް ޕަލްސީ' ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އަޒާން ސުހައިލް ބުދަ ދުވަހު މަރުވީ، އޭނާއަށް ކާންދިނުމަށް ބޭނުންކުރާ 'ޕީއީޖީ ޓިއުބު' ބަދަލުކުރަން ޖެހި، އެ ތަކެތި ދައުލަތުގެ ކުންފުނިތަކުން ފޯރުކޮށްނުދެވި އަށް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އާޢިލާއިން ބުނެއެވެ.
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުންގެ ނުރުހުމާއި ފާޑުކިޔުން ދައުލަތުގެ އިދާރާތަކަށް ވަނީ އަމާޒުވެފައެވެ.
އަޒާންގެ ސިއްހީ ހާލަތު ގޯސްވެ، އިއްޔެ ވަނީ ނިޔާވެފައެވެ.






