ހއ. މުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަދި ހއ. ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޙަސަން ރަޝީދުއެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަޡީމްއެވެ.
ހއ. މުރައިދޫ މަގުތައް ތަރައްޤީ ކުރުމުގެ މަޝްރޫޢު އަދި ހއ. ބާރަށު ރިންގްރޯޑް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެކު ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް… pic.twitter.com/7v16ILXQSr
— Ministry of Construction, Housing & Infrastructure (@MoCImv) March 26, 2026
މުރައިދޫގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން، ރަށުގައި އާއްމުކޮށް ބޭނުންކުރާ މަގުތައް ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރާނެއެވެ. މި މަސައްކަތް ނިންމުމަށް ހަވާލުކޮށްފަވަނީ 2 އަހަރާ 10 ދުވަހުންނެވެ.
ބާރަށުގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން ތަރައްޤީކުރަނީ، އެރަށުގެ ވަށައިގެންވާ ރަށުގެ ބޮޑު މަގު، ރަށުގެ ރިންގް ރޯޑެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 3 އަހަރާ 5 މަސް ދުވަހުން މަސައްކަތް ނިންމާގޮތަށެވެ.
މިކަމަށްޓަކައި ބޭއްވި ހަފްލާގައި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިބްރާހީމް ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.







