ކ.ހިއްމަފުށި ޞިއްޙީމަރުކަޒުގެ އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ޞިއްޙީ ވުޒާރާގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. އަދި އެމްޓީސީސީގެ ގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، އަހްމަދު ޝަރީފް އަބްދުއްރަހްމާން ޔޫސުފް އެވެ. އަރިހުގައި ދާޢިރާގެ އިއްޒަތްތެރި މެމްބަރ ޑރ. އަނާރާ ނަޢީމްވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މި މަޝްރުޢޫގެ ދަށުން ނާސް ސްޓޭޝަނާއި، 04 އެނދުގެ 02 ވާޑަކާއި، 02 ޕްރައިވެޓް ރޫމް، ޕްރޮސީޖަރ ރޫމްގެ އިތުރުން ލެބޯޓްރީ އަދި ގަރާޖު، ޖެނެރަލް އަދި މެޑިކަލް ސްޓޯ ރޫމްސް އާއި އެކްސްރޭ ރޫމް އަދި ލޯންޑްރީ ރޫމް ޤާއިމުކުރެވިގެންދާނެ އެވެ.
ޖުމްލު 360 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރުޢޫގެ އަގަކީ 11.2 މިލިއަން ރުފިޔާ އެވެ.







