ބަޓިކް އެއަރގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ 2026 މާރިޗު 19 ވަނަ ދުވަހުގެ ރޭ ރާއްޖެ އައި ބަޓިކް އެއާގެ ފްލައިޓެއްގެ ތެރޭގައި ހަމަނުޖެހުން ހިންގި މައްސަލައަކާ ގުޅިގެންނެވެ.
ފުލުހުން މިއަދު ބުނީ އޭނާގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކުރުމަށްފަހު، އިއްޔެ ހެނދުނުގެ ވަގުތެއްގައި އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.







