ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
ދިވެހި މުޖްތަމަޢުގައި، ޑައުން ސިންޑްރޯމްގެ އެކި ޙާލަތު ތަޙައްމަލު ކުރަމުންދާ ކޮންމެ ކުއްޖަކާއި މީހަކަށް ހެޔޮކޮށް ހިތުމަކީ މުސްލިމަކަށްވީތީ އަދި އިންސާނަކަށްވީތީ އަޅުގަނޑުމެން އުފުލަންޖެހޭ މަސްއޫލިއްޔަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކީރިތި ޤުރުއާނާއި މާތް ނަބިއްޔާ صلى الله عليه وسلمގެ ސުންނަތުން ފެންނާންހުރި އިރުޝާދުތަކާއި ޢިބްރަތްތެރި ޙާދިސާތަކުގައި، މުޖްތަމަޢުގެ ޚާއްޞަ އެހީތެރިކަމަކަށް ބޭނުންވެފައިވާ ކޮންމެ މީހަކާމެދު އޯގާތެރިކަން އިސްކޮށް އިޙްސާންތެރިކަމާއެކު ކަންކަން ކޮށްދިނުމުގެ މުހިންމުކަން ހާމަވާ ކަމަށާއި އެކަމަށް އޮތް ބޮޑު ދަރުމައާއި އަޖުރު ބަޔާން ވެގެންވާކަމުގައި ވިދާޅުވިއެވެ. އަދި މުސްލިމަކަށް ވީތީ އަޅުގަނޑުމެންނަށް ކުރެވޭނެ އެންމެ ބޮޑު އެއް ހެޔޮކަމަކީ އަދި ދޫކުރެވޭނެ ދެމިހުންނަނިވި އެއް ޞަދަޤާތަކީ މުހުތާދުތަކުގައި ޖެހިފައިވާ ކޮންމެ އަޚަކާއި އުޚްތަކަށްމެ އަޅައިލުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމެސެޖުގައި އެމަނިކުފާނު ވަނީ މިއަހަރު، ދުނިޔޭގެ ޑައުން ސިންޑްރޯމް ދުވަހުގެ ޝިޢާރުން ލިބިދޭ މެސެޖަކީވެސް އެފަދަ އެއްވެސް ފަރާތެއް މުޖްތަމަޢުން ބާކީވެ އެކަހެރިވިޔަ ނުދިނުން ކަމުގައި ވިދާޅުވެފައެވެ. އަދި މި ސަރުކާރުން އިސްނަގައިގެން މިދިޔަ 28 މަސްދުވަހުގެ ތެރޭގައި މިއަމާޒަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، އަދި ކުރިއަށް އޮތް ތަނުގައިވެސް، އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތަށް ވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ޑައުން ސިންޑްރޯމް ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންވެސްވަނީ ސޯޝަލް މީޑިއާގެ އެކްސްގައި މެސެޖެއް ހިއްސާކުރައްވާފައެވެ.
Not everyone experiences life the same way, and that is not a weakness. It is part of what makes our world so beautiful.
People with Down Syndrome often face exclusion and loneliness, yet they continue to embody love, kindness, and resilience.As we mark World Down Syndrome… pic.twitter.com/o5hGlWwZcw
— First Lady Sajidha Mohamed (@sajidhaamohamed) March 21, 2026
އެކަމަނާގެ މި މެސެޖުގައި އެކި މީހުންނަށް ދިރިއުޅުން ތަޖުރިބާކުރެވޭ ގޮތް ތަފާތު ވާނެކަމަށާއި އެއީ ބަލިކަށިކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. އެކަމަނާގެ މެސެޖުގައި، ޑައުން ސިންޑްރޯމް ހުންނަ މީހުންނަށް ގިނަ ފަހަރަށް އެކަހެރިވުމާއި އެކަނިވެރިކަން ކުރިމަތިވި ނަމަވެސް، އެހެން މީހުންނާއި ކުރާ މުޢާމަލާތުގައި ލޯތްބާއި އޯގާތެރިކަމާއި ހިތްހެޔޮކަން އެކުލެވިގެންވާކަމުގައި ވިދާޅުވެފައިވެއެވެ.





