ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާގެ އިދާރީ ހިންގުން ހަރުދަނާކުރުމާއި މަސައްކަތްތައް ތަރުތީބުކުރުމުގެ ދިރާސާ 2026-2028 ކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާންކޮށްފިއެވެ.
ދިވެހިބަހާއި، ސަގާފަތާއި، ތަރިކައާ ބެހޭ ވުޒާރާއިން ކުރި އިޢުލާނެއްގައި ވަނީ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބިޑް ރަޖިސްޓްރީ ކުރެއްވުމަށް ނަން ނުވަތަ ކުންފުނީގެ ނަން އަދި ގުޅޭނެ ނަންބަރު، 18 މާރިޗު 2026 ވާ ބުދަ ދުވަހުގެ 12:00 ކުރިން އީމެއިލް ކުރައްވައި ބިޑް ރަޖިސްޓްރީ ކުރެއްވުމަށް އެދިފައެވެ.
އެ ވުޒާރާއިން ބުނީ ބިޑް ރަޖިސްޓްރީ ވާ ފަރާތް ތަކަށް މައުލޫމާތު ކަރުދާސް ހިއްސާކުރެވޭނެ ކަމަށެވެ.
މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މާރިޗު 24 ވާ އަންގާރަ ދުވަހުގެ 13:00 ގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައެވެ.
އެ ވުޒާރާއިން ވަނީ މިކަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް އީމެއިލް ކުރެއްވުމަށް ނުވަތަ 7660603 ނަންބަރު ފޯނަށް ގުޅުއްވުމަށް އެދިފައެވެ.






