މާލޭ ވެމްކޯ ސައިޓުގައި ހިނގި ހާދިސާއެއްގައި މީހަކަށް އަނިޔާވެ، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ފެބުރުވަރީ 22 ވަނަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓު ތެރޭގައި ހިނގި ހާދިސާއެއްގައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ މައްސަލަ އިއްޔެ ހަވީރުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
އަދި މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗުގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ. ނަމަވެސް މިއީ ކިހިނެއް ހިނގި ހާދިސާއެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.







