ކ.ހިންމަފުށި ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިފްތިތާހުކޮށްފިއެވެ. މިކަމަށްޓަކައި ހިންމަފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތު އަބުދުﷲ ނާޒިމް އިބްރާހީމްއެވެ.

މިދަތުރުގައި މިނިސްޓަރ ވަނީ ކ.ހިންމަފުށި ޞިއްޙީ މަރުކަޒަށް ޒިޔާރާތްކުރައްވާ، އެތަނުގެ ހާލަތު ބައްލަވާ ލައްވައި، މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ޞިއްޙީ މަރުކަޒުގެ ޚިދުމަތް ދިނުމުގައާއި، މުވައްޒަފުންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފަ.

މީގެ އިތުރުން ކ.ހިންމަފުށި ޞިއްޙީ މަރުކަޒުގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ވެސް ހަފްލާއެއް ވަނީ ބާއްވާފައެވެ.







