ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަންގެ މަޤާމް ހުސްވެފައިވާތީ، އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.
ޗެއަރޕަރސަން ހޮވުމުގެ ކަންކަން ކުރިއަށްގެންދިއުމަށް ޤާނޫނުގައި ވާގޮތުގެ މަތީން އެކުލަވާލެވޭ ސިލެކްޝަން ކޮމިޓީން މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން 3 ނަން ޝޯޓްލިސްޓް ކުރެއްވުމަށްފަހު، ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީން އެ ފަރާތްތަކުގެ ޝަރުޠު ހަމަވާކަން ޔަޤީންކުރެވޭނެ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތުދެއެވެ. ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕަރސަން ޢައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ޗެއާޕާސްނގެ މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ޝަތުރުތަކާޢި ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ޕެންޝަން އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.




