އޮޅުމަކުން މީހެއްގެ އެކައުންޓަށް ޖަމާކުރެވުނު 28000 ހަށް ވުރެ ގިނަ ރުފިޔާ ވެރިފަރާތުގެ އެކައުންޓަށް އަނބުރާ ޖަމާކޮށްދީފިއެވެ.
ފުލުހުން ބުނީ 2025 ޑިސެމްބަރު 25 ވަނަ ދުވަހު މީހެއްގެ ބީ.އެމް.އެލް އެކައުންޓުން އޮޅުމަކުން އެހެން މީހެއްގެ އެކައުންޓަށް ފައިސާތަކެއް ޖަމާކުރެވުނު މައްސަލަ ވަނީ އައްޑޫ ސިޓީ، ގަން ޕޮލިސްއަށް ހުށަހެޅިފައިވާކަމަށެވެ.
''މި މައްސަލައާއި ގުޅިގެން ގަން ޕޮލިސް އިންވެސްޓިގޭޝަންއިން ބެންކާއިގުޅިގެން ކުރި މަސައްކަތުން ފައިސާ ޓްރާންސްފަރވި މީހާ ދެނެގަނެ، އެމީހާގެ އެކައުންޓަށް އޮޅިގެން ޖަމާކުރެވިފައިވާ ޖުމްލަ -/28002 ރުފިޔާ ހޯދައި، 2026 ޖެނުއަރީ 06 ވަނަ ދުވަހު އެ ފައިސާ ވަނީ އޭގެ ވެރިފަރާތުގެ އެކައުންޓަށް ޖަމާކޮށްދެވިފައެވެ'' އައްޑޫ ޕޮލިސް ސްޓޭޝަނުން ބުންޏެވެ.




