ހުޅުމާލޭ މިދިލިމަގުގައި ހަރުކޮށްފައި ހުރި ސޯލަރ ޕެނަލެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިއަދު 08:34 ހާއިރު ކަމަށެވެ. އަދި ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމަށް ކުރި މަސައްކަތުން ސޯލަރ ޕެނަލުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 08:45 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށެވެ.




