ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު އަބްދުލްފައްތާހު މަރުވެއްޖެ އެވެ.
ފައްތާހު މަރުވީ ހާޓްއެޓޭކެއް ޖެހިގެން ހއ. އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށެވެ މިރޭގެ ވަގުތެއްގައެ.
ފިލްމީ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށް، ކާމިޔާބު ފިލްމުތައް އުފައްދާފައިވާ ފައްތާހު ދިރިއުޅެނީ އުފަންރަށް ހއ.ކެލާގައެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަންކުރާ ޕީއެންސީގެ ޓިކެޓްގައި ކެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ފައްތާހު ވާދަކުރެއެވެ.




