"ތްރީ އީޑިއަޓްސް" ފިލްމުގެ ދެވަނަ ބައެއް ނުވަތަ ސިކުއަލެއް ހަދަން ނިންމައިފިއެވެ. ބޮލީވުޑްގެ ރިޕޯޓްތައް ބުނާ ގޮތުގައި، ޑައިރެކްޓަރ ރާޖްކުމާރު ހިރާނީ ވަނީ ފިލްމުގެ ސްކްރިޕްޓް ފައިނަލްކޮށް، 2026 ވަނަ އަހަރުގެ ދެވަނަބައިގައި ޝޫޓިން ފެށުމަށް ނިންމާފައެވެ.
މި ފިލްމުގައިވެސް އާމިރު ޚާން، ކަރީނާ ކަޕޫރު ޚާން، އާރް. މާދަވަން އަދި ޝަރްމަން ޖޯޝީ ފަދަ ފިލްމުގެ އަސްލު ތަރިން ފެނިގެންދާނެ ކަމަށް ވަނީ ރިޕޯޓްކުރެވިފައެވެ.
މި ސިކުއަލްގައި ދައްކުވައިދޭނީ ފުރަތަމަ ފިލްމު ނިމުނުތާ ގާތްގަނޑަކަށް 15 އަހަރު ފަހުން، އެ ކެރެކްޓަރުންގެ ދިރިއުޅުން ކުރިއަށް ގޮސްފައިވާ ގޮތެވެ.
ރާޖްކުމާރު ހިރާނީ އޭނާގެ "ދާދާސާހެބް ފަލްކޭ ބަޔޯޕިކް" މަޑުޖައްސާލުމަށްފަހު، މި ފިލްމުގެ ސްކްރިޕްޓް ފުރިހަމަކުރުމަށް ވަގުތު ހުސްކުރި ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.





