ށ. ފޯކައިދޫގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ކުނި މެނޭޖުކުރާ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން މިކަން ހާމަކުރީ މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ރަށަކަށް އެކަށޭނެ ކުނި މެނޭޖުކުރާނޭ ނިޒާމާއި ވަސީލަތްތައް ޤާއިމްކޮށްދެއްވާނެކަން އިޢުލާންކުރައްވައިފައެވެ.
ރައީސްގެ މި ވަޢުދުފުޅާ އެއްގޮތަށް ރާއްޖޭގެ އެކި ރަށްރަށުގައި ކުނި މެނޭޖުކުރާ މަރުކަޒުތައް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރެއިން ފޯކައިދޫ ކުނި މެނޭޖުކުރާ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކައާއެވެ.






