އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗް މައިލޯ ސިޓީ ސްޕޯޓްސް ކްލަބުން ފާހި ސްޕޯޓްސް 15-1 ބަލިކޮށްފިއެވެ. މިއީ މުބާރާތުގެ މިހާތަނަށް ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.
މެޗް ފަށައިގެން މައިލޯ ސިޓީން މެޗުގެ ކޮންޓްރޯލް ނަގާކަށް މާ ގިނަ ވަގުތެއް ނުނަގައެވެ. މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި މަޓާ، މުއްކި އަދި ފޯވާޑްގެ ގޯލްތަކުން ތިން ގޯލުގެ ލީޑެއް ނަގާފައެވެ. ދެންވެސް ފެނުނީ ފޯވާޑް ގެ ގޯލެކެވެ. މެޗުގެ 25 މިނިޓްގައި އެނާ ހެޓްރިކެއް ހަދައި ލީޑް ފުޅާ ކޮށްދިނެވެ. ޔަންގ ފާހީއަށް ކުޑަ ވަގުތުކޮޅަކަށް ނަމަވެސް އުއްމީދު އާވެގެން ދިޔައީ 28 ވަނަ މިނެޓުގައި އަމަން ލަނޑެއް ޖަހައި ތަފާތު ކުޑަކުރި ހިސާބުންނެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން އިންޓޭ ގެ ދެ ގޯލުން 7–1 ގެ ނަތީޖާއަކުން ފުރަތަމަ ހާފް ނިމިގެން ދިޔައެވެ.
ދެވަނަ ހާފުގައި ވެސް މައިލޯ ސިޓީގެ ގޯލް ޖެހުން ހުއްޓުމެއް ނާދެއެވެ. ނަޝީދު 55 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކުރިއިރު، މި މުބާރާތުގައި ހަތީ ފުރަތަމަ ގޯލު ވެސް ވަނީ ފެނިގެން ގޮސްފައެވެ.އޭގެ އިރުކޮޅެށް ފަހުން ފޯވާޑް މެޗުގައި އޭނާގެ ފަސް ވަނަ ގޯލު ޖެހިއެވެ. މީގެ އިތުރުން އަލްފާފް އަދި ސަބަޓީ ވެސް ވަނީ 60 ވަނަ އަދި 70 ވަނަ މިނެޓުގައި ލަނޑު ޖަހާ 12-1 ނަތީޖާ ބަދަލު ކޮށްލިއެވެ.
މެޗުގެ 87 ވަނަ މިނެޓުގައި ފޯވާޑް މި މެޗުގައި އޭނާގެ ދެ ވަނަ ހެޓްރިކް ފުރިހަމަ ކުރިއިރު އިތުރު ވަގުތުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޝަޔާންގެ ދެ ގޯލުން މެޗުގެ ނަތީޖާ 15–1 މެޗް ނިމިގެން ދިޔައެވެ. މި މޮޅާއެކު ކުޅުނު އެެވެސް މެޗަކުން ބަލި ނުވެ މައިލޯ ވަނީ ގުރޫޕްގެ އެއްވަން ޓީމުގެ ގޮތުގައި ސެމީ އަށް ދަތުރު ކޮށްފައެވެ. މި މެޗްގެ މޮޅު ކުޅުން ތެރިޔާއަށް ހޮވުނީ މައިލޯ އަށް 6 ގޯލް ޖެހި ނަޝީދު( ފޯވާޑް) އެވެ.





