އައްޑޫ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2025 ގައި ފްރެންޑްސް ކްލަބުން މޮޅު ކުޅުމެއް ދައްކައި، ފާހީ ސްޕޯޓްސް ކްލަބް 8–1 ގެ ބޮޑު ތަފާތަކުން ބަލިކޮށްފިއެވެ.
މެޗުގެ ފެށުން ފާހިން ރަގަޅަށް ފެށި ނަމަވެސް، މެޗުގެ ކޮންޓްރޯލް ނެގީ ފްރެންޑްސް ކްލަބުންނެވެ. ފްރެންޑްސް ކްލަބުގެ ފުރަތަމަ ލަޑު ޖެހީ މެޗުގެ 26 ވަނަ މިނެޓުގައި ހަސަން ޒައިދާންއެވެ. މެޗުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ފްރެންޑްސް ކްލަބުގެ ފޯވާޑް އުސްމާން ގެ ގެ ކުޅުމެވެ. އޭނާ ވަނީ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓާއި 38 ވަނަ މިނެޓުގައި ދެ ގޯލް ޖަހައި ޓީމަށް 3–0 ގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފުގައި ފްރެންޑްސް ކްލަބުން މުޅި މެޗް ޑޮމިނޭޓް ކުރަމުން ދިޔައިރު، ފާހީ ޓީމަށް ޑިފެންސް ކުރުމަށް ދަތިތަކެއް ކުރިމަތިވިއެވެ. 65 ވަނަ މިނެޓުގައި މަހުމޫދު ހަތަރުވަނަ ގޯލު ޖެހިއިރު، ހުސައިން ޝާމިން(ޝާނާ) ވަނީ 70 ވަނަ މިނެޓާއި 72 ވަނަ މިނެޓުގައި ދެ ގޯލު ޖަހައި ނަތީޖާ 6–0 އަށް ބަދަލުކޮށްލާފައެވެ.
ފާހީ ޓީމަށް ހަމައެކަނި ލިބުނު ހިތްހަމަޖެހުމަކީ 67 ވަނަ މިނެޓުގައި ޒުވާން ފޯވާޑް މުހައްމަދު އާޒިޔާން ޖެހި ލަނޑެވެ. ފްރެންޑްސް ކްލަބުން އެމީހުންގެ ހަމަލާތައް ހުއްޓައެއް ނުލާ ގޮސް އުސްމާން 80 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، އަހުމަދު ސައީދު (އައްމަޓީ) 85 ވަނަ މިނެޓުގައި ޖެހި ގޯލާއެކު ނަތީޖާ 8–1އިން މެޗް ނިމިގެން ދިޔައެވެ.
މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާ ލިބުނީ ހެޓްރިކް ހެދި ފްރެންޑްސް ކްލަބުގެ މިސްރުގެ އުސްމާންއެވެ.
މި މޮޅާ އެކު ފްރެންޑްސް ކްލަބު ވަނީ ޓޭބަލްގެ އެއްވަނަ އަށް 4 ޕޮއިންޓާ އެކު ޖެހިލާފައެވެ.







