އައްޑޫ ސިޓީ ކައުންސިލްގެ ފުޓްބޯޅަ މުބާރާތް ނޮވެމްބަރު 22 ގައި ފެށުމަށް ތައްޔާރުވެފައިވާއިރު، މިފަހަރުގެ މުބާރާތަކީ ވަރަށް ވާދަވެރި މުބާރާތަކަށް ވެގެންދާނެ ކަމަށް ވަނީ ބެލެވިފައެވެ.
މި އަހަރުގެ ޝަރަފުވެރި ތަށި ހޯދުމަށް ފަސް ޓީމެއް ވާދަކުރާނެއެވެ. އެއީ ޑިފެންޑިން ޗެމްޕިއަން މައިލޯ ސިޓީ ސްޕޯޓްސް ކްލަބް، މަރަދޫ، ފޭދޫ ފާހި، ފޭދޫ ފްރެންޑްސް ކްލަބް އަދި މީދޫ ކްލަބް ލޮތަރި އެވެ.
މުބާރާތް ފެށުމުގެ ގޮތުން ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެންމެފަހުގެ ޗެމްޕިއަން މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި މަރަދޫ އެވެ.
މައިލޯ ސިޓީން ވަނީ މި އަހަރުގެ މުބާރާތަށް ވަރުގަދަ ސްކޮޑެއް އެކުލަވާލާފައެވެ. އެގޮތުން، ތަޖުރިބާކާރު ކުޅުންތެރިޔާ މުއްކީ އާއި، ދ. ހުޅުދެލިން ގެނައި ޒުވާން އުންމީދީ ކުޅުންތެރިޔާ ޝަޔާން ފަދަ ކުޅުންތެރިން ޓީމަށް އިތުރުކޮށްފައެވެ. މައިލޯގެ އަމާޒަކީ މިދިޔަ އަހަރުގެ ކާމިޔާބީ ދިފާއުކޮށް، މުބާރާތުގެ ތަށި އަނެއްކާވެސް ހޯދުމެވެ.
މުބާރާތަށް ވާދަކުރާ ހުރިހާ ޓީމުތަކުންވެސް އެންމެފަހުގެ ތައްޔާރީތައް ފުރިހަމަކުރަމުންދާއިރު، އައްޑޫ ފުޓްބޯޅައިގެ ތަޖުރިބާކާރުންނާއި، އާންމުންގެ ތެރޭގައި އެންމެ ވަރުގަދަ ޓީމުގެތަކުގެ ގޮތުގައި ފާހަގަކުރެވެނީ މައިލޯ ސިޓީ ސްޕޯޓްސް ކްލަބާއި ފޭދޫ ފްރެންޑްސް ކްލަބެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާނެ ޓީމެއް ބެލުމަށް އައްޑޫ ގެ ފުޓްބޯޅައަށް ލޯބިކުރާ ގިނަ ބަޔަކު ތިބީ މިހާރުވެސް ކެތްމަދުވެފައެވެ.






