ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުން 2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުން ކަށަވަރުކޮށްފިއެވެ. މި ކާމިޔާބީ ހޯދާފައިވަނީ ކޮލިފައިން ގައި އަރުމީނިއާ އަތުން 9–1 ގެ ބޮޑު ނަތީޖާއަކުން މޮޅުވެގެންނެވެ.
މި މެޗުގައި ޕޯޗުގަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ޓީމުގެ މޮޅު ކުޅުންތެރިން ކަމަށްވާ ބްރޫނޯ ފެނާންޑޭޒް އާއި ޖޯއާއޯ ނޭވޭސް ވަނީ ހެޓްރިކް ހަދާފައެވެ. މީގެ އިތުރުން ރެނާޓޯ ވޭގާ އާއި ފްރެންސިސްކޯ ކޮންސެއިސާއޯ ވެސް ވަނީ ޕޯޗުގަލްގެ ގޯލުތައް ކާމިޔާބުކޮށްދީފައެވެ. މި މޮޅާއެކު ޕޯޗުގަލް ވަނީ އެ ޓީމު ހިމެނޭ ގްރޫޕުގެ އެއްވަނަ ހޯދައި، ވޯލްޑް ކަޕަށް ސީދާ ކޮލިފައިވުން ކަށަވަރުކޮށްފައެވެ.





