މާލޭ މިސްކިތެއްގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
ފުލުހުން ބުނީ މާލޭ މަސްޖިދުލް ސުލްޠާން ޙަސަން ޢިއްޒުއްދީންގެ ބައެއް ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވާ މައްސަލަ ނޮވެންބަރު 11 ވަނަ ދުވަހުގެ ހެނދުނު 7:02 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
Advertisement
އަދި މި މައްސަލައިގެ ތަޙުޤީޤުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 24 އަހަރުގެ ފިރިހެން މީހާ އޭނާގެ ޢާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.





