ހުޅުމާލޭ ފަޅުތެރޭގައި އޮތް "ހޯކްސް ރޯދި" ތެޔޮ އުފުލާ ބޯޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 13:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު ފަޔަރފައިޓަރުންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.
Advertisement
އަދި ދިގުމިނުގައި 40 ފޫޓު ހުރި މި ބޯޓުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ބިދޭސީ ރައްޔިތެއްގެ އަތާއި ފައި ފިހިގެން އިތުރު ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަރ ޕެޓްރޯލް ލޯންޗު ހަރަކާތްތެރިވެފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
ފުލުހުންވެސް ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.




