ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.
މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކެނޑިފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވެންދެން އެހީތެރިކަން ހޯދުމަށް އީމެއިލް ކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.
Advertisement
މޯލްޑިވިއަނުން ބުނީ ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް އިއާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ އެއާލައިނުން ވަނީ މަޢާފަށްވެސް އެދިފައެވެ.




