Monday, October 12
މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކެނޑިއްޖެ

މޯލްޑިވިއަންގެ އޮފީހެއް - ފޮޓޯ: ފަޔާޒު މޫސާ / ސަން

ޤައުމީ އެއާލައިން، މޯލްޑިވިއަންގެ ކޯލް ސެންޓަރުގެ ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިންގެ ކޯލް ސެންޓަރުގެ ޚިދުމަތްތައް މެދުކެނޑިފައިވަނީ ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވެންދެން އެހީތެރިކަން ހޯދުމަށް އީމެއިލް ކުރުމަށް މޯލްޑިވިއަނުން ވަނީ އެދިފައެވެ.

މޯލްޑިވިއަނުން ބުނީ ދިމާވި މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަކަށް ޚިދުމަތްތައް އިއާދަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އަދި މިކަމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ އެއާލައިނުން ވަނީ މަޢާފަށްވެސް އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު