ޑްރަގާއެކު ދ. މީދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ހާމަކުރި ގޮތުގައި ދ. މީދޫއަށް ލޯންޗެއްގައި މީހަކު މަސްތުވާތަކެތި ގެންނަކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އޮކްޓޫބަރު 18 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ދ. މީދޫ / ބިއްލޫރިވިލާ، އީމާން ލަޠީފް (30އ) އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި، މީދޫ ބަނދަރުމަތިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 6 ގުރާމު ކަމަށެވެ.
މި މައްސަލައާ ގުޅިގެން އީމާން ލަޠީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.