މާލޭ ފަޅު ގެއެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ސިފައިން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން ބުނީ ފަޅުގެއެއްކަމުގައިވާ ހ. ބޮލްސަމްވިލާގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބިފައިވަނީ ރޭ 03:46 ހާއިރު ކަމަށެވެ.
އަދި ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ކުރި މަސައްކަތުން އެ ގޭގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާން ނިއްވާލެވުނީ ރޭ 04:40 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.





