އދ. ކުނބުރުދޫ ބަނދަރު ތަރައްޤީ މަޝްރޫޢުގެ އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާއެކު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޑީސީޕީ (ރިޓަޔާރޑް) އަހްމަދު ސައުދީއެވެ.
އދ. ކުނބުރުދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތަފްސީލު
ކޮންޓްރެކްޓަރ: މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ
ކޮންޓްރެކްޓް އަގު: 67،418،236.98 ރުފިޔާ
ކޮންޓްރެކްޓްގެ މުއްދަތު: 450 ދުވަސް
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތައް:
- 28،470.90 ކޮޑި މީޓަރު ވެލި ނެރުން ކޮނުން
- 444 މީޓަރުގެ އެއްގަމުތޮށި ޖެހުން
- 16 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުން
- 304 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށި ޖެހުން
- ބަނދަރު ޕޭވްމަންޓް 5 މީޓަރު ފުޅާމިނުގައި ޖެހުން
- 23 ބަނދަރު ބައްތި ޖެހުން





