ހުޅުމާލެ ފޭސް 2 އިން މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.
ފުލުހުން ބުނީ މި ތަކެތި ފެނިފައިވަނީ ސެޕްޓެންބަރު 30 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ފޭސް 2 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ހިޔާ ޓަވަރު 11 ގެ ސިޑިބަރި ކައިރި ފަޔަރ ހޯސްޓް ބަަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެގޮތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 14 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ އާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާއިރު، ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.






