ހައްދުންމަތީ ގަމުގައި ހަދާނިމިފައިވާ 100 ހައުސިންގ ޔުނިޓުގެ ދޫކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށްދިޔައީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު، ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއާ ކުރެއްވި ބައްދަލުކުރެއްވުމުގައެވެ.
މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ހައްދުންމަތީ ގަމު ކައުންސިލްގެ ރައީސް އަޙުމަދު ޒަކީއާ ބައްދަލުކުރައްވައިފި. މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ގަމުގެ ތަރައްޤީއަށް ރޭވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާބެހޭގޮތުން މަޝްވަރާކުރެވުނު. pic.twitter.com/0Oic8NzLAY
— Ministry of Cities, Local Government, Public Works (@MoCLPmv) September 15, 2025
މިއަދު އޮތް މި ބައްދަލުކުރެއްވުމުގައި ގަމުގެ ތަރައްޤީއަށް ރޭވިފައިވާ އަދި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، ރަށުގައި މީހުން އަލަށް އާބާދުވާ ސަރަޙައްދަށް ކަރަންޓާއި، ފެނާއި، ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުންނާއި، ރަށުގެ ޕަބްލިކް ވަރކްސް ޔުނިޓުގެ ޚިދުމަތްތަކާ ބެހޭ ގޮތުންނާއި އަދި ގަމުގައި ޢިމާރާތްކޮށް ނިމިފައިވާ 100 ހައުސިންގ ޔުނިޓުގެ ދޫކުރުމާ ބެހޭ ގޮތުން މަޝްރާކުރެވިފައިވާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަރަމަންޓް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަޙްމަދު ސާލިމާއި، ސްޓޭޓް މިނިސްޓަރ އަޙްމަދު ރަޝީދާއި، ގަން ހިމެނޭ ކުލަސްޓަރގެ ކަންތައް ބެލެހެއްޓުމުގައި އިސްކޮށްކޮށް ޙަރަކާތްތެރިވެ ލައްވާ މިނިސްޓްރީގެ ބައެއް ވެރިން ބައިވެރިވެލެއްވިއެވެ.
މި ލިޔުން ކިޔާލުމުން