ތަޖިކިސްތާން ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ސިރޯޖިއްދީން މުހިރިއްދީން އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
މިނިސްޓަރގެ މެސެޖު ގައި ތަޖިކިސްތާން ގެ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތުގައި މަނިކުފާނަށާއި ތަޖިކިސްތާން ގެ ސަރުކާރަށް އަދި ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށް ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖެ އާއި ތަޖިކިސްތާން އާ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުން، ކުރިއަށްއޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަގީންކަން އެރުވިއެވެ.
މި ލިޔުން ކިޔާލުމުން