ރާއްޖޭގެ ފަތުރުވެރިކަމިގެ އެއްބާނީ ކަމަށްވާ މުހައްމަދު އުމަރު މަނިކުގެ ޣައިބަށް ކުރެވޭ ކަށުނަމާދު އިސްލާމީ މަތިކަޒުގައި ކުރުމަށް ނިންމައިފިއެވެ.
ރިސޯޓުތައް ހިންގާ ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން އެމްޔޫ މަނިކް އަވަހާރަވީ ސިންގަޕޫރުގެ މައުންޓް އެލިޒަބެތު ހޮސްޕިޓަލުގައި މިއަދު އެ ގައުމުގެ ގަޑިން 6:30ގައެވެ. އަވަހާރަވީއިރު އުމުރުފުޅުން 78 އަހަރެވެ.
އެމްޔޫ މަނިކްގެ ޣައިބަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިއަދު އަޞްރު ނަމާދަށް ފަހު، އިސްލާމީ މަރުކަޒުގައެި ކަން އިސްލާމިކް މިނޮސްޓަރ ވަނީ އިއުލާންކޮށްފަވެ.
އެމްޔޫ މަނިކް އަވަހާރަވުމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ތައުޒިޔާ ކިޔަމުންނެވެ.
މި ލިޔުން ކިޔާލުމުން