ހދ. ނެއްލައިދޫގައި އިމާރާތްކުރާ އައު މިސްކިތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ނެއްލައިދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހދ. އަތޮޅުގެ މީހުންގެ ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ރަށު ނެއްލައިދޫ އަށް ވަޑައިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި 500 މީހުންގެ ޖާގައިގެ މި މިސްކިތުގައި ސޯލާ އާއި އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާއިރު، މި މިސްކިތުގައި ކުތުބުޚާނާއަކާއި ކުލާސްރޫމް ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި ލިޔުން ކިޔާލުމުން