އެސްޓީއޯ އައިޖީއެމްއެޗް ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން ދަރުމަވަންތަ ފާމަސީއަށް ބަދަލުކޮށްފިއެވެ.
އެސްޓީއޯއިން މިއަދު ބުނީ އެ ކުންފުނިން އައިޖީއެމްއެޗްގައި ހިންގަމުންދާ ފާމާސީ މަރާމަތުގެ މަސައްކަތެއް ކުރުމަށްޓަކައި އޮގަސްޓު 23 އިން ފެށިގެން މަސައްކަތް ނިމެންދެން ބަންދުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން މި މުއްދަތުގެ ތެރޭގައި ފާމަސީގެ ޚިދުމަތް ވަގުތީ ގޮތުން އެސްޓީއޯ ދަރުމަވަންތަ ފާމަސީއަށް ބަދަލުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯ އިން ވަނީ މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށްވެސް އެދިފައެވެ.
މި ލިޔުން ކިޔާލުމުން