ފަލަސްތީނާއި އަރަބި އެހެން ޤަޢުމުތަކުގެ ބިންތަކަށް އަތްގަދަކުރުމަށް ޔަހޫދީ އިސްތިއުމާރީ ބާރުތަކުން އިއުލާންކުރި "ވިޝަން އޮފް ގްރޭޓަރ އިސްރާއިލް" އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާކަމަށާއި، އެއީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް، އެ ރައްޔިތުން ތަހައްމަލުކުރަމުންދާ ދަތި ހާލުން އަރައިގަތުމަށް ބައިނަލްއަޤްވާމީގޮތުން ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރުމަށްވެސް ގޮވާލާފައެވެ. އަދި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައިކަމަށާއި، އަދި ފަލަސްތީނުގެ ރައްޔިތުންނަށް ދާއިމީ ހަމަޖެހުމާއި ސަލާމަތް ހޯދުމަށް ކުރާ މަސައްކަތުގައި ދެމި އޮންނާނެކަން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ ތަކުރާރުކުރައްވާފައެވެ.
The Maldives strongly condemns the statement made by the Israeli occupation government announcing the so-called “Vision of Greater Israel” and firmly rejects its settlement and expansionist plans. Such statements with inflammatory rhetoric violate international law and undermine…
— Dr Mohamed Muizzu (@MMuizzu) August 14, 2025
ފަލަސްތީނާއި އަރަބި އެހެން ޤައުމުތަކަށް އަތްގަދަކުރުމަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ "ވިޝަން އޮފް ގްރޭޓަރ އިޒްރާއިލް"ގެ ނަމުގައި ޕްލޭނެއް އިއުލާންކޮށް، އެ ޕްލޭނަށް އަމަލުކުރަން ބޭނުންވާކަން ހާމަކޮށްފައެވެ. މިކަމާއި ގުޅިގެން އަރަބި ޤައުމުތަކުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ނުރުހުން ފާޅުކޮށް، އެކަން ކުއްވެރިކުރަމުންނެވެ.
މި ލިޔުން ކިޔާލުމުން