ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން، ޤައުމީ އެއަރލައިންގެ ބޯޓުތަކުގެ ބޭރުގައި ދިވެހި ބަހުން ތާނަ އަކުރުން 'ދިވެހިރާއްޖެ' ލިޔާން ފެށުމުން، އެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އެމަނިކުފާނުގެ 'އެކްސް' ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވަނީ "މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް" ކަމަށާއި އެކަމަށް ޓަކައި މަރުޙަބާ ވިދާޅުވާ ކަމަށެވެ.
މޯލްޑިވިއަންގައި ދިވެހިރާއްޖޭގެ ނަން ތާނައިން ލިޔުއްވުމަކީ ދިވެހިވަންތަކަމުގެ ދާއިރާއިން ކުރިޔަށް އެޅުއްވި، ވަރަށް އުންމީދީ އުފާވެރި ފިޔަވަޅެއް.
މަރުޙަބާ— Adam Naseer Ibrahim (@Minister_MDLCH) July 28, 2025
މޯލްޑިވިއަނުން ވިދާޅުވީ މި ބަދަލު އެ އެއަރލައިންގެ ހުރިހާ ބޯޓަކުން ވެސް ފެނިގެންދާނެ ކަމަށެވެ. އަދި މިއީ ދިވެހީންގެ އަމިއްލަވަންތަކަމާ ޤައުމީ އެއަރލައިން ގުޅިފައިވާ މިންވަރު ދައްކުވައިދޭ ބަދަލެއް ކަމަށެވެ.
Here’s a closer look at what we proudly carry on every journey - “Dhivehi Raajje” now flies beneath the Maldivian flag on our aircrafts, a tribute to 60 years of independence. 🇲🇻✈️#MaldivianAero #DhivehiRaajje #60YearsIndependence pic.twitter.com/FetHkPVVJC
— MaldivianAero (@MaldivianAero) July 28, 2025
ދިވެހިރާއްޖޭގެ މިނިވަންކަމަށް މި އަހަރު 60 އަހަރު ފުރޭއިރު، ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު އަދި އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން މި ބަދަލުގެ ތެރެއިން ރަމްޒުކޮށްދޭކަމަށް ޤައުމީ އެއަރލައިނުން ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން