ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް މިއަދު ވަޑައިގެންފިއެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، މި ދަތުރުފުޅު ކުރެއްވުމަށް ހަމަޖެހިފައިވަނީ މި ޖުލައިމަހުގެ 25 އިން 26 އަށެވެ. މިއީ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަޤާމާ ތިންވަނަ ދައުރަކަށް ޙަވާލުވެވަޑައިގަތުމަށްފަހު، ދިވެހިރާއްޖެއަށް ވަޑައިގެންނެވި ފުރަތަމަފަހަރެވެ.
ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރަސްމީކޮށް މަރުޙަބާދެންނެވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
The Prime Minister of India, His Excellency Shri @narendramodi arrives in the Maldives on a state visit, at the invitation of His Excellency President Dr @MMuizzu. This historic visit is Prime Minister Modi’s first visit to the Maldives since assuming his third term, and… pic.twitter.com/5xImYCNxbp
— The President's Office (@presidencymv) July 25, 2025
މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒުއާއި، ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ދެ ބޭފުޅުން ބައްދަލުކުރައްވައި މަތީފަންތީގެ މަޝްވަރާތައް މިއަދު މެންދުރުފަހު ކުރިއަށް ގެންދަވާނެއެވެ. މީގެ އިތުރުން ދެ ޤައުމުގެ މުހިންމު މައްސަލަތަކާއި ސަރަޙައްދީ މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އިންޑިއާ އާއި ދިވެހިރާއްޖެއާއި ގުޅިގެން ކުރިއަށްގެންދިޔަ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއިއެކު ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފަހުމުނާމާތައް ބަދަލުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް މި ވަޑައިގެންނެވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޚާރިޖީ ގުޅުމަށް 60 އަހަރު ފުރޭ މުހިންމު ތާރީޚީ މުނާސަބަތާވެސް ދިމާކޮށެވެ.
މި ލިޔުން ކިޔާލުމުން