ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުން ފަސޭހަކުރުމަށް ބޭނުންވާނެ އާލާތްތަކާއި، އެފަދަ ތަކެތި ފަސޭހަކަމާއެކު ފޯރުކޮށްދެވޭނެ މަގުފަހިކުރުމަށް، ކަމާގުޅުންހުރި ފަރާތްތަކަށް އަމާޒުކޮށް ބައްދަލުވުމެއް ފަށައިފިއެވެ.
މިއީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުމެކެވެ.
އެންސްޕާއިން ވިދާޅުވީ އެސިސްޓިވް ޕްރޮޑަކްޓްސްޓަސް ނުވަތަ ނުކުޅޭދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތަކުގެ ލިސްޓެއް އެކުލަވާލުމުގެ ބޭނުމަކީ އެފަދަ އާލާތްތައް ބޭނުންވާ ފަރާތްތަކަށް ފެންވަރު ރަނގަޅު އެސިސްޓިވް ޕްރޮޑަކްޓްސްގެ އެކިއެކި އާލާތްތައް ހެޔޮ އަގުގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން ލިބެންހުރި ވަސީލަތްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންކުރުމަށް މަގުފަހިކޮށް، ފަސޭހަކަމާއެކު ތަކެތި ލިބޭނެ ގޮތް ފަހިކުރުމަކީވެސް ލިސްޓުގެ ބޭނުމެއްކަމަށް އެންސްޕާއިން ވިދާޅުވެއެވެ.
ލިސްޓު އެކުލަވާލުމަށް އެއްކުރި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ބާއްވާ މަސައްކަތު ބައްދަލުވުން ކުރިއަށްދަނީ އެއް ދުވަހުގެ ބައްދަލުވުމެކެވެ.
މި ލިޔުން ކިޔާލުމުން