ރާއްޖޭގެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ، ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، ބ. ކަމަދޫ ނެށުންތެރިޔާ އާމިނަތު ޒާރާގެ ކައިވެރނި ރޫޅާލައިފިއެވެ.
މިކަން ސިޔާމްގެ ކޮއްކޮ ވަނީ ސޯޝަލް މީޑިއާގައި ޔަގީންކޮށްދީފައެވެ.
އޮންރަބަލް އަހުމަދު ސިޔާމް މުހަންމަދު އާއި ޒާރާ މެޑަމް ގެ ކައިވެނި އަކީ އެކަކު އަނެކުން ދެކެ ލޯބި ވެގެން ކުރެވިގެން ދިޔަ...
Posted by Mohamed Abbas on Tuesday, July 15, 2025
ސިޔާމްގެ ކޮއްކޮ ބުނި ގޮތުގައި ކައިވެނި ރޫޅާލީ ދެ މީހުންވެސް ސުލްހަވެރިކަމާއި އެކުގައެވެ.
ސިޔާމް އާއި ޒާރާއާ ކައިވެނި ކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މިދިޔަ އަހަރުގެ އެ ކައިވެންޏާއެކު މުޅި ސޯޝަލް މީޑިއާގައި ވެސް އެ ދުވަސްވަރު ވަރަށް ބޮޑަށް އެ ވާހަކަތައް ދެކެވެމުންދިޔައެވެ.
މި ލިޔުން ކިޔާލުމުން