Tuesday, October 13
2.9 މިލިއަން ރުފިޔާގެ ކޮކެއިން އެތެރެކުރަން އުޅުނު މީހަކު އަތުލައިގެންފި

ފޮޓޯ- ކަސްޓަމްސް

ގިނަ އަދަދެއްގެ މަސްތުވާތަކެތި ދިރުވާލައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު މީހަކު މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވަނީ އަތުލައިގެންފައެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މިދިޔަ މަހުގެ 19 ވަނަ ދުވަހު އަތުލައިގަތް މި ތަކެއްޗަކީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއެވެ. އެމީހާގެ ހަށިގަނޑުން 66 ބުލެޓުގެ ކޮކެއިން ފެނިފައިވާއިރު، މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 1,180 ގްރާމް ހުރި ކަމަށާއި، މީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ހާމަކުރެއެވެ.

ވައިގެ މަގުން ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަތުމަށް ކަސްޓަމްސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހަށިގަނޑުގައި ފޮރުވައިގެންނާއި އެހެނިހެން ގޮތްގޮތުން އެތެރެކުރަން އުޅޭ މަސްތުވާތަކެތި އަތުލައިގަނެވޭ މިންވަރު މިހާރު ވަނީ އިތުރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު