މީގެ ހަ މަސްދުވަސް ކުރިން ސަސްޕެންޑް ކޮށްފައިވާ އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު މިއަދުންފެށިގެން އެ މަޤާމުން ވަކިކުރުމަށް ޑިރެކްޓަރުންގެ ބޯޑުން ނިންމައިފިއެވެ.
އެމްޑަބްލިޔުއެސްސީން ބުނީ މިއީ ކުންފުނީގެ މަސްލަހަތުތައް ރައްކާތެރިކުރުމުގެ ގޮތުން ޑިރެކްޓަރުންގެ ބޯޑުން އެޅުއްވި ފިޔަވަޅެއް ކަމަށެވެ.
"މުޙައްމަދު ފަޒީލުގެ މައްޗަށް ކުރިއަށް ގެންދެވޭ ތަހުގީގާއެކު އިސްމަޤާމެއްގައި މުސާރަޔާއެކު ދިގު މުއްދަތަކަށް ބެހެއްޓުމަކީ ކުންފުނީގެ މަސްލަހަތު ހިމެނޭ ކަމެއްނޫން ކަމުގައި ބޯޑުން ދެކެވަޑައިގަންނަވައެވެ" އެމްޑަބްލިޔުއެސްސީން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވެއެވެ.
މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ( އެމް.ޑަބްލިޔު.އެސް.ސީ ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދު ސަސްޕެންޑްކުރީ ބިންވެރިޔާ ސްކީމުގެ ލިސްޓުން ބޭރުން ގޯތި ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނަވާރަވަނަ ދުވަހުއެވެ.
މި ލިޔުން ކިޔާލުމުން