Tuesday, October 13
ހަނިމާދޫގައި ކޮކަނަޓް ޕެސްޓް ކޮންޓްރޯލް ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ފަށައިފި

މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް' ގެ ދަށުން ކުރިއަށްދާ ޚާއްޞަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން/ ފޮޓޯ – މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސާސް

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީއާއި ޗައިނާ ސަރުކާރު ގުޅިގެން ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް 2026 އޮގަސްޓް 2 އިން 6 އަށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ ފަށާފައެވެ.

ޗައިނީޒް އެކަޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސްގެ ފަންނީ މާހިރުން ކުރިއަށްގެންދަވާ މި ތަމްރީނުގައި ތިއަރީ އަދި ޢަމަލީ ބައިތައް ހިމެނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ ޤުދުރަތީ ދިރުންތައް ބޭނުންކޮށްގެން ޕެސްޓް ކޮންޓްރޯލް ކުރާނެ ގޮތްތަކާއި، ގަސްގަހާގެއްސަށް ޖެހޭ ބަލިތަކާއި ގެއްލުންދޭ ފަނިފަކުސަ އިދާރީގޮތުން ކޮންޓްރޯލްކުރުމުގެ އުކުޅުތައް ދަސްކޮށްދިނުންކަން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސާސް އިން ވަނީ ހާމަކުރައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު